ސިޔާސަތު، ޤަވާއިދު، އުޞޫލްތައް

ހޮޅުދޫ ކައުންސިލްގެ ސިޔާސަތު، ޤަވާއިދު، އުޞޫލްތައް

ސިޔާސަތުތައް ޤަވާއިދުތައް އުސޫލުތައް
އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމާއި ބޭނުންކުރުމާބެހޭ ގަވާއިދާއި، މަގުމަގާއި އާންމު ތަންތަނުގައި ޕާކުކުރުމާއި ޕާކުކުރުމުގެ ފީ ނެގުމާބެހޭ ގަވާއިދު

މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެމާއްދާގެ (ކ) ގެ ދަށުން ކައުންސިލުން އެކުލަވާލާފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ބޭނުންކުރުމާބެހޭ ގަވާއިދާއި މަގުމަގާއި އާންމު ތަންތަނުގައި ޕާކުކުރުމާއި ޕާކުކުރުމުގެ ފީ ނެގުމާބެހޭ ގަވާއިދެވެ.

ރަށުގައި ޖަނަވާރު އަދި ދޫނިސޫފާސޫފި ގެންގުޅުމާބެހޭ ގަވާއިދު

މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެމާއްދާގެ (ހ) ގެ ދަށުން ކައުންސިލުން އެކުލަވާލާފައިވާ ރަށުގައި ޖަނަވާރު އަދި ދޫނިސޫފާސޫފި ގެންގުޅުމުގެ ގަވާއިދެވެ.

ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު

މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެމާއްދާގެ (ދ) ގެ ދަށުން ކައުންސިލުން އެކުލަވައިލާފައިވާ ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ އުސޫލުތައް ބަޔާންކުރުމަށް ހެދިފައިވާ ގަވާއިދެވެ.

ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު

މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ބާރު ލިބިގެން އެމާއްދާގެ (ހހ) އަށް ރިޢާޔަތްކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ބަނދަރު ބެލެހެއްޓުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލުން ބަލަހައްޓާނީ މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ބަނދަރާއި އެ ބަނދަރާ ގުޅިފައިވާ ސަރަހައްދެވެ.

އާންމު އުނދަގުލާބެހޭ ގަވާއިދު

މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެމާއްދާގެ (ޕ) ގެ ދަށުން ކައުންސިލުން އެކުލަވައިލާފައިވާ އާންމު އުނދަގުލާބެހޭ ގަވާއިދެވެ.