އ.ތ.މ. ކޮމެޓީ

ހޮޅުދޫ ކައުންސިލް އިދާރާ

ތަޢާރަފް

ނ. ހޮޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީ، 2010 ވަނަ އަހަރު ފާސްކުރެވުނު އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތައް އުފައްދައި އަދި ކޮންމެ ރަށެއްގެ އަދި ސިޓީއެއްގެ ކައުންސިލާއެކުގައި، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުމަށްޓަކައި، އެރަށުގެ ނުވަތަ އެސިޓީގެ އަންހެނުންގެ ތެރެއިން އެ ރަށެއްގެ ރައްޔތުން އިންތިޚާބުކުރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއް އެކުލަވާލަންވޭނެކަމަށް ބަޔާންވި ހިނދު އެޤާނޫނުން ބާރުލިބިގެން އިންތިޚާބުކުރެވިފައިވާ ކޮމިޓީއެކެވެ.

ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބާރުތަކާއި މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ތިރީގައި އެވަނީއެވެ.

  • ރަށުގެ ނުވަތަ ސިޓީގެ ތަރައްޤީގެ ކަންކަމުގައާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތަކާއި ބެހޭގޮތުން ކައުންސިލަށް ލަފާދިނުން
  • ރަށުގެ ނުވަތަ ސިޓީގައި އިންސާނީ ޙައްޤު ރައްކާތެރިކުރުމަށް މަސައްކަތްކުރުން
  • ރަށުގެ ނުވަތަ ސިޓީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
  • ސިޔާސީ އަދި އިޖްތިމާއީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން
  • މަތީ ތަޢުލީމު ޙާސިލުކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމަށް މަސައްކަތްކުރުން
  • އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން
  • އަންހެނުންނަށް ލިބޭ ވަޒީފާއާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުން
  • އަންހެނުންނާ ބެހޭ މުހިންމު މައުލޫމާތު އެއްކުރުން
  • މީގެ އިތުރުންވެސް މުހިންމު ކަމެއްގެ ގޮތުން، ކޮމިޓީން ކޮންމެ އަހަރަކު ހާސިލްކުރަން ކަނޑައަޅާ ލަނޑުދަނޑިތައް ޖަނަވަރީ މަހު އެކަށައަޅާ އާއްމުކުރުމަށާއި އަދި ފާއިތުވި އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުކުރެވުނު މިންވަރު އެނގޭނެ ރިޕޯޓު އެކުލަވާލައި ކައުންސިލަށް ހުށަހެޅުމަށްފަހު ރައްޔިތުންނަށް ފެންނާނެހެން އާއްމުކުރުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ކޮމިޓީއަށް މަތިކުރުވާފައިވާ ޒިންމާއެކެވެ.
team member

ނަސްރީނާ މުޙައްމަދު

ރައީސާ