ސިޔާސަތު، ޤަވާއިދު، އުޞޫލްތައް ޤަވާއިދުތައް

2013/R-606

ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު

މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން

ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ބާރު ލިބިގެން އެމާއްދާގެ (ހހ) އަށް

ރިޢާޔަތްކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު މިލަދުންމަޑުލު ދެކުނުބުރީ

ހޮޅުދޫ ބަނދަރު ބެލެހެއްޓުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ

ދަށުން މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލުން ބަލަހައްޓާނީ މިލަދުންމަޑުލު

ދެކުނުބުރީ ހޮޅުދޫ ބަނދަރާއި އެ ބަނދަރާ ގުޅިފައިވާ ސަރަހައްދެވެ.