ސިޔާސަތު، ޤަވާއިދު، އުޞޫލްތައް ޤަވާއިދުތައް

2013/R-592

އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމާއި ބޭނުންކުރުމާބެހޭ ގަވާއިދާއި، މަގުމަގާއި އާންމު ތަންތަނުގައި ޕާކުކުރުމާއި ޕާކުކުރުމުގެ ފީ ނެގުމާބެހޭ ގަވާއިދު

މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން

ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް

ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެމާއްދާގެ (ކ) ގެ ދަށުން ކައުންސިލުން

އެކުލަވާލާފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި

ބޭނުންކުރުމާބެހޭ ގަވާއިދާއި މަގުމަގާއި އާންމު ތަންތަނުގައި ޕާކުކުރުމާއި ޕާކުކުރުމުގެ

ފީ ނެގުމާބެހޭ ގަވާއިދެވެ.