ލ.އަތޮޅު ކައުންސިލްގެ މީޑިޔާ
ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮޅުދޫ ކައުންސިލް، އ.ތ.މ ކޮމިޓީ އަދި ހޮޅުދޫ ސިއްޙީ މަރުކަޒު ގުޅިގެން ގެންދެވުނު ހަރަކާތުގެ ތެރެއިން! މިހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލުމުގައި ނ. ހޮޅުދޫ އ.ތ.މ ކޮމިޓީ އަދި ނ. ހޮޅުދޫ ސިއްޙީ މަރުކަޒުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި ވެދެއްވި އެހީތެރިކަމަށް ޝުކުރު ދަންނަވަން!
ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ރަށުގައި ދަނޑުވެރިކަން ކުރަމުން އަންނަ ބައެއް ފަރާތްތަކާއި ވާހަކަަ ދެކެވި އެފަރާތްތަކުަގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ބޭއްވުނު ބައްދަލުވުން!
ވެލާ ޕްރައިވެޓް އައިލެންޑާއި ނ. ހޮޅުދަު ކައުންސިލް، އަދި ނ. ހޮޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކުރާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބައިވެރުވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. މި ކޯހުގައި ބައިވެރި ވުމުގެ ސުންގަޑިއަކީ 01 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު13:00 އެވެ. ކޯހާއި ބެހޭ އިތުރު މައުލޫމާތު ފޯމްގައި ހިއްސާ ކުރެވިފައިވާނެއެވެ.
ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްގެ ސީ.އެސް.އާރުގެ ދަށުން ނޫނު އަތޮޅުގެ ކުދިންނަށް އަމާޒުކޮށްގެން ތައުލީމީ ކުރިއެރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ "ޕެޓްރޮން ޗިލްޑްރަން މޯލްޑިވްސް" ޕްރޮގްރާމާއި ގުޅޭ ގޮތުން ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އާއި އެކު ކުރިއަށްގެންދިޔަ ބައްދަލުވުން!
ނ. ހޮޅުދޫ ސީމާވިލާ ޢައިޝަތު ހިބާ އަޙްމަދަށް އެހީވުމުގެ ގޮތުން #ހެލްޕްހިބާ ގެ ނަމުގައި ކުރިއަށްގެންދިޔަ ފަންޑް ރެއިޒިންގް އިވެންޓް ކާމިޔާބުކަމާއި އެކު ނިންމާލުމުގައި ހޮޅުދޫގެ ލޮބުވެތި ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމަށް ޝުކުރު ދަންނަވަން! މި ހަރަކާތުން ޖުމްލަ 41،000 ދިވެހި ރުފިޔާ އަދި 35.00 އެމެރިކާ ޑޮލަރު ލިބިފައިވޭ.
"ލެޓްސް ޓޯކް އެބައުޓް އަސް" ގެ ނަމުގައި 2027 ވަނަ އަހަރު ހޮޅުދޫގެ ފުޓުބޯޅައިގެ މުސްތަޤްބަލު ބައްޓަންކުރުމާ ގުޅޭ ގޮތުން ހޮޅުދޫގެ ސްޕޯރޓްސް ކޮމިޔުނިޓީ އާއެކު ބޭއްވުނު އޮންލައިން ބައްދަލުވުން. މި ބައްދަލުވުމުގެ އިތުރުން ހޮޅުދޫގައި ފުޓުބޯޅައިގެ ކަންކަމުގައި އިސްކޮށް އުޅޭގިނަ ފަރާތްތަކަކާއެކު ވެސް ވަނީ ބައްދަލުވުމެއް ބޭއްވިފައެވެ.
ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ފަރާތުން ނ. އަތޮޅަށް އަމާޒުކޮށްގެން ފަރުމާކުރަމުންދާ "ލޯ-ކާބަން އެޓޯލް ވެލިއު ޗެއިންސް ފޯ ކްލައިމެޓް-ރެޒިލިއަންޓް އެގްރިކަލްޗަރ" - (ލާވާ) މަޝްރޫޢުގެ ދަށުން ނ. ހޮޅުދޫއަށް ކުރާ ސްކޯޕިންގ ދަތުރުގެ ތެރެއިން ބޭއްވުނު ބައްދަލުވުން.
މި ރަސްމިއްޔާތުގައި ވެލާ ޕްރައިވެޓް އައިލެންޑްގެ މެނޭޖްމަންޓް ޓީމް ވަނީ ބައިވެރިވެފައި.
ފެހިކުރަމާ ޕްރޮގްރާމްގެ ދަށުން ވެލާ ޕްރައިވެޓް އައިލެންޑްގެ ފަރާތުން ހޮޅުދޫގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ތެރެއިން.