ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކުރާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން!

/
މިއީ ވެލާ ޕްރައިވެޓް އައިލެންޑާއި ނ. ހޮޅުދޫ ކައުންސިލް، އަދި ނ. ހޮޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބައިވެރުވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުން އެދެމެވެ.
ފޯމް ފުރުއްވުމުގެ ސުންގަޑި - 01 އޮކްޓޯބަރ 2026 ގެ 13:00!

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7959688 (ޙަސަން ސާމިރު / ކައުންސިލް މެމްބަރ) އަށް ގުޅުއްވުން އެދެން!