ލ.އަތޮޅު ކައުންސިލްގެ މީޑިޔާ
ޒުވާން ޚަތީބުން ތަމްރީންކުރުމުގެ 5 ވަނަ ބުރުގެ ސަނަދު ޙާސިލުކުރެއްވި މުޙައްމަދު ޒީކް ސިރާޖް، އިރާކުގެ / ނ. ހޮޅުދޫ އާއި އެކު ހޮޅުދޫ ކައުންސިލާއި އތމ ކޮމިޓީ އަދި މިސްކިތްތަކުގެ އިމާމުން ހިމެނޭހެން ބޭއްވުނު ބައްދަލުވުން.
ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ނ. ހޮޅުދޫ ކައުންސިލާއި ނ. ހޮޅުދޫ އތމ ކޮމިޓީ ގުޅިގެން އިންތިޒާމުކުރި ކަނބަލުންގެ އެކުވެރިކަމުގެ ހޭންޑްބޯޅަ މެޗު!
ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ނ. ހޮޅުދޫ ކައުންސިލާއި ނ. ހޮޅުދޫ އތމ ކޮމިޓީ ގުޅިގެން އިންތިޒާމުކުރި ފިރިހެންނުންގެ އެކުވެރިކަމުގެ ފުޓްބޯޅަ މެޗު!
1448 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ނ. ހޮޅުދޫ ކައުންސިލާއި ނ. ހޮޅުދޫ އތމ ކޮމިޓީ އަދި މޭނާސްކޫލް ގުޅިގެން ބޭއްވުނު ޚާއްސަ ޖަލްސާ! މިޖަލްސާއަށް އައިޓަމްތައް ހުށަހަޅައި ދެއްވިކަމަށްޓަކައި މޭނާސްކޫލް، ނ. ހޮޅުދޫ ސިއްޙީ މަރުކަޒު އަދި ފެނަކަ ނ. ހޮަޅުދޫ ބްރާންޗަށް ޝުކުރު ދަންނަވަން!
ހޮޅުދޫގެ ބިން ހިއްކުމާއި، ބަނދަރު ބޮޑުކުރުމާއި، ގޮނޑުދޮށް ޙިމާޔަތް ކުރުމާ ގުޅޭގޮތުން ޕްރޮޖެކްޓުގެ އީ.އައި.އޭ (Environmental Impact Assessment) ހެދުމަށް ހަވާލުކުރެވިފައިވާ ފަރާތް (ވޯޓާ ސޮލިއުޝަންސް) އާ އެކު ބޭއްވި ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން.
ނ. ހޮޅުދޫގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމު ޓެސްޓުކޮށް، ރަސްމީކޮށް ހިންގުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ ފަރާތުން ކުރިއަށް ގެންދިއުން.
ނ. ހޮޅުދޫ ކައުންސިލް އިދާރާގެ މިސްކިތު އެސިސްޓެންޓްގެ ވަޒީފާގައި އަލްފާޟިލާ ފާޠިމަތު މުޙައްމަދު، އުދަރެސް / ނ. ކުޑަފަރި 17 އަހަރާއި 10 މަހާއި 10 ދުވަސް ޚިދުމަތްކުރުމަށްފަހު ވަޒީފާއިން މުސްކުޅިކުރެއްވުމާއި ގުޅިގެން ނ. ހޮޅުދޫ ކައުންސިލާއި ނ. ހޮޅުދޫ އތމ ކޮމިޓީގެ ފަރާތުން އިންތިޒާމްކުރި ވަދާާޢީ ޙަފްލާ.
މި ބައްދަލުވުމުގައި 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތަފްޞީލް ރިޕޯޓް, 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލު އަދި 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މައުލޫމާތު ހިއްސާކުރެވިފައިވޭ. އަދި ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައި ސުވާލުތަކަށް ޖަވާބުދެވިފައިވޭ.