ތަރައްޤީގެ ޕްލޭން 2022-2026
އާބާދީގައި 2220 މީހުންހިމެނޭ ނ. ހޮޅުދޫގެ ތަރައްޤީއަށް ފުރަތަމަފަހަރަށް ރައްޔިތުން ބައިވެރި ވުމާއެކު
ޕްލޭންހެދުމުގެ ފުރުޞަތު މިކައުންސިލަށް ލިބުނުކަމަށްޓަކާ މާތްالله އަށް ޙަމްދާއި ޝުކުރުކުރަމެވ.ެ އަދި މިޕްލޭންހެދުމުގައި
އެހީތެރިވެދެއްވި އެންމެހާފަރާތްތަކަށް ވަރަށްއިޚްލާޞްތެރިކަމާއިއެކު ޝުކުރުއަދާކުރަމެވ.ެ
ހޮޅުދޫގެތަރައްޤީގެ ޕްލޭން 2022 އިން 2026 އަށް އެކުލަވާލުމުގެ މައިގަނޑުބޭނުމަކީ ހޮޅުދުއަކީ
ހުރިހާދާއިރާއަކުންވެސް ތަރައްޤީވެފައިވާ ރަށަކަށް ހެދުމެވ.ެ އަދި ހޮޅުދޫރައްޔިތުންނަކީ ދިވެހިންނަށްވީތީ ފަޚްރުވެރި ވާފަދަ ރައްޔިތަކަށް
ހެދުމެވ.ެ
މިޕްލޭންހެދިފައިވާނީ ހޮޅުދޫގެ ހުރިހާރައްޔިތުންގެ ބޭނުންތަކަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ރިޢާޔަތް
ކޮށްގެންނެވ.ެ އަދި މިޕްލޭން ގެދަށުން ހިންގާ ގިނަ ޙަރަކާތްތައްވާނީ ޤައުމީ ތަރައްޤީގެ ޕްލޭންއާއި ގުޅިފައެވ.ެ އެހެންކަމުން މިޕްލޭންގައި
ހިމެނޭކަންތައްތައް ތަންފީޒުކުރުމަކީ ދަތިކަމަކަށް ނުވާނެއެވ.ެ މިޕްލޭންގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އޮތް
އެންމެބޮޑު ގޮންޖެހުމަކީ ފައިސާއާއި ބިމުގެ ދަތިކަމެވ.ެ
ހޮޅުދޫއަކީ އާބާދީބޮޑު ރަށަކަށްވުމަކީ މިޕްލޭންގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އޮތް
ފުރުޞަތެކެވ.ެ
މިޕްލޭންގެދަށުން ދެވޭޚިދުމަތްތަކާއި ހިންގޭ އެހެނިހެން ޙަރަކާތްތަކުގެފައިދާ ގިނަބަޔަކަށްލިބިގެންދިއުމަކީ
މިޕްލޭންގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށްއޮތް ފުރުޞަތެކެވ.ެ ތަރައްޤީގެބޮޑެތި މަޝްރޫޢުތައް ހިންގާއިރު
އެމަޝްރޫޢުތަކުގެ ބޭނުންހިފާނެ އެކަށީގެންވާ އާބާދީއެއް އޮތުމަކީ ހުރިހާގޮތަކުންވެސް ފައިދާކުރާނެކަމެކެވ.ެ ދައުލަތުގެ މާލިއްޔާއިން
ޚަރަދެއްކުރާނަމަ އެޚަރަދެއްކުރަންޖެހޭނީ ގިނަބަޔަކަށް އޭގެލާބަޔާ މަންފާކުރާނެގޮތަށް ރިޢާޔަތް ކޮށްގެންކަމަށް އަޅުގަނޑުމެން
ޤަބޫލުކުރަމެވ.ެ
އަޅުގަނޑުމެންގެދުޢާއަކީ މިޕްލޭންގައި އަޅުގަނޑުމެންކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމުގެ ތައުފީޤް
މާތްالله މިންވަރު ކުރެއްވުމެވ.ެ ހޮޅުދޫއަކީ ހުރިހާދާއިރާއަކުން ތަރައްޤީވެފައިވާ ރަށެއްގެގޮތުގައި 2021 ވަނައަހަރު ފެނިގެން
ދިއުމެވ.ެ