(IUL)295-MS/2026/82
ފެށޭ ދިރާސީ އައު އަހަރު ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމާއި ގުޅޭ
ނަންބަރ : (IUL)295-MS/2026/82
އިޢުލާން
2027 ވަނަ އަހަރު ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމާއި ގުޅޭ
2027 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށޭ ދިރާސީ އަހަރު ނ. ހޮޅުދޫ ޕްރީސްކޫލަށް އަލަށް ކުދިން ވެއްދުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ނަރސަރީ އަދި ބޭބީ ނަރސަރީއަށް ކުދިން ވައްދާނީ ތިރީގައިވާ ގޮތަށް ޢުމުރު ހަމަވާ ކުދިންނެވެ.
ގްރޭޑް | 2027 ވަނަ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި ބަދަލްކުރުމުގައި އުމުރުފުރާ ބަލާނެ ގޮތް |
ބޭބީ ނާރސަރީ | 2026 ޑިސެންބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން |
ނާރސަރީ | 2026 ޑިސެންބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން |
ވީމާ ، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށޭ ދިރާސީ އަހަރު ނ. ހޮޅުދޫ ޕްރީސްކޫލަށް ވެއްދުމަށްއެދޭ ދަރިވަރުންގެ ބެލެނިވެރިން އެޕްލިކޭޝަން ފޯމު ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު ހުށައެޅުއްވުމަށް ދަންނަވަމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ 22 ނޮވެންބަރ 2026 އިން 30 ނޮވެންބަރ 2026 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:15 އިން މެންދުރު 13:00 އަށް ނ. ހޮޅުދޫ ކައުންސިލްގައެވެ.
އެޕްލިކޭޝަނާއެކު ހުށައަޅަންޖެހޭ ތަކެތި:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
- ދަރިވަރުންގެ އައިޑީ ކާޑްގެ ކޮޕީ ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓުގެ ކޮޕީ
- އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލު ނުކުރެވޭނެއެވެ.
05 ނޮވެންބަރ 2026