ހޮޅުދޫ ކައުންސިލްގެ ހަރަކާތްތައް
މި ބައްދަލުވުމުގައި ކައުންސިލުން ހިންގަމުންދާ ޕްރޮޖެކްޓްތަކާއި ސަރުކާރުގެ ފަރާތުން ރަށުގައި ކުރިއަށް ގެންދާ ޕްެރޮޖެކްޓްތަކާއި ގުޅޭ މައުލޫމާތު ވަނީ ހިއްސާކުރެވިފަ.
ނ. ހޮޅުދޫގައި ހުންރޯގާގެ ކޭސްތައް ގިނަވަމުންދާތީ އެކަން މަދުކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލާ ޕްރައިވެޓް އައިލެންޑްގެ އެހީތެރިކަމާއެކު ނ. ހޮޅުދޫ ކައުންސިލާއި ނ. ހޮޅުދޫ ޞއްޙީ މަރުކަޒު ގުޅިގެން ރަށުތެރެ ފޮގް ކުރުން.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފަރުމަސް ބޭނުމުގެ މުބާރާތުގެ ތެރެއިން!
ދޮށީ އުމުރުގެ ބޭފުޅުންނަށް ޚާއްސަކުރެވިގެން ހޮޅުދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އަދި އުރީދޫ ގުޅިގެން ކުރިއަށް ގެންދެވުނު ސްމާޓް ފޯނު ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމުގެ "ޑިޖިޓަލް ލިޓްރަސީ" ޕްރޮގްރާމް!
ރައްޔިތުންނަށް ހެޔޮ އަގުގައި ކާށި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަައުންސިލުން އިސްނަގައިގެން ހޮޅުމީދޫން ކާށި ގެނެސް ރައްޔިތުންނަށް ފޯރުކޮށްދިނުން!
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްރަށުގެ އެކި ފަރުދުން އަދި މުއައްސަސާތަކާއެކު ބޭއްވުނު ސާފުކުރުމުގެ ހަރަކާތް!
ހޮޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ ކައުންސިލް މެމްބަރުންނަށާއި އ.ތ.މ ކޮމިޓީގެ 2 ވަނަ ދައުރުގެ މެމްބަރުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އިދާރީ މުވައްޒަފުންގެ ފަރާތުން ބޭއްވުނު ޙަފްލާގެ ތެރެއިން.
ނ.ހޮޅުދޫ ކައުންސިލް 5 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރުމާއި ނ.ހޮޅުދޫ އ.ތ.މ ކޮމިޓީ ގެ 2 ވަނަ ދައުރުގެ މެމްބަރުން އިޤުރާރުވުމުގެ ދަރުބާރުގެ ތެރެއިން!
ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖް 5 ގައި ނ.ހޮޅުދޫ ކައުންސިލް ޓީމް އިން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމާއި ކައުންސިލްގެ ޓީމް ތަމްޞީލް ކޮށްދެއްވުމަށް ދުރުވި ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވުނު ޙަފްލާ.
ނ. ހޮޅުދޫ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ ޕްރޮގްރާމުގެ ދަށުން ނ. ހޮޅުދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙު ކުރުމަށް ބޭއްވި ޙަފްލާ.